ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީފައިނަލުގެ ހަނގުރާމަ މިރޭ! އީޓީއެފްއޭ ހުޅުމީދޫ ކިޑްސް ފުޓްބޯލް ޓޯނަމެންޓް ފަށައިފި އިންނަމާދޫ ރައްޔިތުން އެދޭ ކަންތައްތަކާ ގުޅޭ މަޝްވަރާތައްކޮށްފި އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފި، މި ހަފްތާތެރޭ ލިޔުން ހަވ

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ކޮޅުނެތް ކޮޅަށް ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކޮޅުނެތް ކޮޅަށް ރަޙްމަތް ތަނަވަސްވެގެންވާ މައްސަރެކެވެ. މިއީ ތައުބާގެ މައްސަރެވެ. މިއީ މަޣްފިރަތުގެ މައްސަރެވެ. މިއީ އިލާހީ ރަޙުމަތުގެ މައްސަރެވެ.
މި މަތިވެރި މައްސަރުގެ މަތިވެރިކަން ޣަނީމާ ކުރަން އަޅުގަނޑުމެން ތައްޔާރުތޯއެވެ؟ އެހެންކަމަށްވާނަމަ، ހިތާއި ރޫޙާ، ޖާނާއި މާލުން މި މަހުގެ މަތިވެރިކަން ޙާޞިލުކުރަން ތައްޔާރުވާން އެބަޖެހެއެވެ. މިފަދަ އެހެން ފުރުޞަތެއް ދެން ނުލިބިދާނެއެވެ. މަރު އަންނާނެ އިރެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންކަމުން، އިލާހީ މަތިވެރި މިފަދަ ދެއްވުންތައް އަޅުގަނޑުމެން ޤަބޫލުކުރަން ކަމަރު ބަދެލަންވާނެއެވެ.
ކޮންމެއަކަސް މިފަދަ މަތިވެރި މަހަކަށް މަރްޙާބާ ކިޔިދާނެ ވަރަށް ގިނަ ގޮތްގޮތް ހުންނާނެއެވެ. އެގޮތުން އަޅުގަނޑުގެ ނިކަމެތި ސިކުނޑިއަށް އައި މަދު ކަމެއް މިތަނުގައި ހިމަނާލާނަމެވެ.
އަޅާއަށް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަކީ ވާޖިބެކެވެ. އަދި އެނގިގެން ފާފައެއް ކުރެވިފައި ނުވިކަމުގައި ވިޔަސް އަބަދުމެ ތައުބާމަތީގައި ހުރުމަކީ މާތް ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ދަސްކޮށްދެއްވާފައިވާ ވަރަށް މަތިވެރި ނަމޫނާއެކެވެ. އެހެންކަމުން، ތައުބާވުމާއި އިސްތިޣްފާރުކުރުން މަތީގައި އަބަދުމެ ތިބެވޭތޯ އަޅުގަނޑުމެން ބަލަންވާނެއެވެ. އެއީ މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަތް ސާފުކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
قال تعالى : ( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ) މާނައީ: “އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން އެކީއެކަށް ﷲ އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ.”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ