ރުޕާލީގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ޚާއްސަ އެވޯޑަކާއި ޝަރަފެއް

ސްޓާޕްލަސްއިން ގެނެސްދެމުން އަންނަ ކާމިޔާބު ޑްރާމާ ސީރީސް "އަނޫޕަމާ"ގެ ލީޑް ރޯލް ކުޅޭ ބަތަލާ ރުޕާލީ ގަންގޫލީއަށް އެ ޝޯގައި ކުޅޭ ރޯލާ ގުޅިގެން ޚާއްސަ އެވޯޑެއް ލިބިއްޖެއެވެ. ވިމެން ލީޑާސް ވެސްޓް 2025ގެ ފަރާތުން ރުޕާލީއަށް ޚާއްސަ އެވޯޑެއް ދީފައި ވަނީ ބަތަލާ އިންޑިއާގެ ޓެލެވިޒަން ދާއިރާއަށް ކޮށްދެމުން އަންނަ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެކަމުގެ ޝަރަފުގައެވެ. ޚާއްސަކޮށް ޑްރާމާ ސިލްސިލާ "އަނޫޕަމާ"އަށްފަހު ކޮންމެ ގެއެއްގައި ވެސް މަސައްކަތްކުރާ އަންހެންވެރިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް އަންހެނުންނަށް ދިރިއުޅުމުގައި ކުރިއަށްދިއުމަށް ހިތްވަރު ހޯދައިދޭ ޒަރީއާއަކަށް "އަނޫޕަމާ" ވެފައިވާ ކަމަށް މި އެވޯޑު ޝޯ އިންތިޒާމުކުރި ފަރާތްތަކުން ވަނީ ބުނެފައެވެ. ރުޕާލީއަށް ލިބުނު އެވޯޑު ބޮލީވުޑް ބަތަލާ ދިއާ މިރުޒާ ހަވާލުކޮށްދެނީ--ފޮޓޯ/ބޮލީވުޑްހަންގާމާ ރުޕާލީގެ އިތުރުން މި އެވޯޑު ޝޯގައި އިތުރު އެހެން ކެޓަގަރީތަކުން އެވޯޑު ލިބުނު ފަރާތްތަކުގެތެރޭގައި މަލައިކާ އަރޯރާ، ކުޝާ ކަޕީލާ، ރިޗާ ޗައްދާ، ޝެފާލީ ޝާހު، ރަސިކާ ދުގަލް، އަޝްވިނީ އިޔަ ތިވާރީ އަދި ޖޮނީތާ ގާންދީ ހިމެނެއެވެ. ސްޓާޕްލަސްއިން 2020ވަނަ އަހަރުން ފެށިގެން ހުއްޓުމެއްނެތި ގެނެސްދެމުން އަންނަ "އަނޫޕަމާ" ސީރީސް އަކީ، ރަޖަން ޝާހީ ޕްރޮޑިއުސްކޮށް އިންޑިއާގެ ޓެލެވިޒަން ޕްރޮޑަކްޝަން ކުންފުނި ޑައިރެކްޓަސް ކަޓް ޕްރޮޑަކްޝަންސްއިން ގެނެސްދެމުން އަންނަ ސީރީސްއެކެވެ. ސްޓާޕްލަސްއަށް ޓެލެވިޒަން ރޭޓިންގް ޕޮއިންޓްސް އެންމެ މަތިން ލިބޭ މި ސީރީސްގެ 1726 އެޕިސޯޑި މިހާތަނަށް ވަނީ ގެނެސްދީފައެވެ. މި ސީރީސްއަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ މަގުބޫލުކަމާ ގުޅިގެން ބަތަލާ ރުޕާލީ ގަންގޫލީ ވެފައި ވަނީ "އަނޫޕަމާ" ޑްރާމާ ސީރީސްގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ