ކޮފްސީ ސިރަޕް އެތެރެކުރުމާއި ވިއްކުން އަނެއްކާވެސް މަނާކޮށްފި
ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ "ކޯފްސީ" ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.ކެއްސާތީ ބޯ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕު ވިއްކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މަނާކުރި އެވެ. އެކަމަކު އެފަހަރު ވެސް އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދިޔަސް އޭގައި މައްސަލައެއް ނެތް ކަމަށް ނިންމައި އޭރު ވަނީ ބޭސް ބޭނުންކުރަން އަލުން ހުއްދަ ދީފަ އެވެ.މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.އެހެންވެ، މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ