ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ދިނަފް ފަންޑް: ރަނުގެ ފުރުސަތެއް

އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިންވެސްޓްކުރާނޭ ތަފާތު މާލީ މަގުތައް ތަނަވަސްކޮށް ދިނުމަށް މިފަހުން އުފެއްދި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ނިސްބަތުން އާ ނަމަކަށް ވެދާނެއެވެ. ނަމަވެސް އެ ޓީމުގައި ހިމެނޭ ފަރާތްތަކަކީ ރާއްޖޭގެ މާލީ ދާއިރާއަށް އާ ބައެއް ނޫނެވެ. ކުންފުނީގެ ޗެއަރޕަރސަނެއްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނުކަމާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަހުމަދު ނަސީރު، އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ ގޮތުގައި ދިވެހި އިންޝުއެރަންސް ގެ ޗެއަރޕަރސަން އަބްދުލް ވާހިދު، އަދިވެސް މާލީ ދާއިރާގެ ތަޖުރިބާ ހުރި ގިނަ މެންބަރުން ހިމެނޭ ބޯޑަކާއި ޓީމަކާއެކެ، ޑީއައިޕީއިން ދަނީ ގިނަ ބައެއްގެ މާލީ މުސްތަގުބަލު ކާމިޔާބުކަމާއެކު ބައްޓަންކުރުމަށް އެހީތެރިވަމުންނެވެ.
އެކަމަށް މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން މި ފަހުން ތައާރަފްކުރި، ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް) އަކީ އޭގެ ވަރަށް ރަނގަޅު މިސާލެކެވެ. އެ ކުންފުނިން މިހާރު މި ވަނީ "ދިނަފް" ޝޯޓް-ޑިއުރޭޝަން އިންވެސްޓްމަންޓް ފަންޑަށް އިންވެސްޓްކުރަން އިތުރު ފުރުސަތުތަކެއް ހުޅުވާލާފަ އެވެ.
ރައުސްމާލު ރައްކާތެރިކޮށް، ބޭނުންޖެހޭ ހިނދެއްގައި ފައިސާ ނެގޭނެ ފަސޭހަކަން ދަމަހައްޓަމުން، އާމްދަނީ އިތުރުކުރުމަށް ދުނިޔޭގެ އެހެން ޤައުމުތަކާއި ޙިލާފަށް ރާއްޖޭގައި އާންމުންނަށް ފަސޭހައިން ޓްރެޜަރީ ބިލްފަދަ މާލީ ކަރުދާސްތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް މަދުއިރު، އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ ގޮތުގައި ފެންނަނީ ބޭންކް ފިކްސްޑް ޑިޕޮސިޓް ފަދަ މަދު ވަސީލަތްތަކެކެވެ. އެފަދަ ވަސީލަތްތަކަކީ ރައްކާތެރި އެއްޗަކަށް ވިޔަސް، ކުރާ އިންވެސްޓްމަންޓުން، އިންފްލޭޝަން ރޭޓާއި އަޅާބަލާއިރު ލިބޭ ނަފާ ކުޑައެވެ. ޑީއައިޕީން ދޭ ޔަގީންކަމަކީ "ދިނަފް" އަކީ މި ހުސްކަން ފޫބައްދައިދޭނެ ވަސީލަތެއް ކަމެވެ. މިއީ ރާއްޖޭގެ މާކެޓަށް ހާއްސަކޮށްގެން، ދެފުށް ފެންނަ އަދި ފަސޭހައިން ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ، ފަންނީ މާހިރުން މެނޭޖްކުރާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ. މި ފަންޑުގެ ޑެޓް އިޝުއަންސްއެއްގެ ގޮތުގައި ފުރަތަމަ ސީރީޒް ނުވަތަ ޓްރާންޗް އަށް ދީފައިވާ ނަމަކީ "ދިނަފް-36" އެވެ. މި ސީރީޒް ހުޅުވާލި ފަހުން، އަމާޒުކުރި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ އެ ކުންފުނިން ހޯދާފައެވެ.
މިއީ ރާއްޖޭގައި އަލަށް އިންވެސްޓްކުރާ ފަރާތްތަކަށް އެކަށީގެންވާ، ކުރު މުއްދަތުގެ މިފަދަ ފުރަތަމަ އިންވެސްޓްމަންޓެވެ. މީގެ ސަބަބުން، ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ކުޑަވެފައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ލިބޭނެ ނަފާ ކުރިއާލާ އަންދާޒާކުރެވެއެވެ.
"ދިނަފް-36" މެދުވެރިކޮށް އިންވެސްޓަރުންނަށް ލިބިގެންދަނީ ކެޕިޓަލް މާކޭޓްގައި ރެގިއުލޭޓްކޮށްފައިވާ އިންވެސްޓްމަންޓް ފަންޑެއްގައި ބައިވެރިވުމުގެ ފުރުސަތެކެވެ. ޑީއައިޕީ އިން ކުރިއަށް މިޖެހިލީ ހަރުދަނާ އުސޫލުތަކާއި، ހުނަރާއި، އަދި ފުރިހަމަ ފަންޑް އެޑްމިނިސްޓްރޭޝަން ނިޒާމެއްގެ ތެރެއިން އިންވެސްޓަރުންނަށް އިތުބާރުލިބޭ އަދި ޔަގީންކަން އޮތް އާމްދަނީއެއް ހޯދައިދިނުމަށެވެ.
އާދައިގެ ސޭވިންގްސް ވަސީލަތްތަކަކީ ރައްކާތެރި އެއްޗަކަށް ވިޔަސް، އޭގެއިން ލިބޭ ނަފާ ކުޑަ އެވެ. މިސާލަކަށް ރާއްޖޭގެ ބޭންކް ފިކްސްޑް ޑިޕޮސިޓްތަކުގެ މިހާރު ހުރި ރޭޓްތަކަށް ބަލާއިރު ފައިދާއަށް ލިބެނީ މުއްދަތަށް ބަލައި އަހަރަކަށް %2.6 އާއި %5.6 އާ ދެމެދުގެ މިންވަރެކެވެ. ނަމަވެސް "ދިނަފް-36" ގެ ފުރަތަމަ ސީރީޒްއިން ވެސް މިއަށްވުރެ ރަނގަޅު ނަފާއެއް ލިބިގެންދެއެވެ. އެގޮތުން:
6 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %10.5
12 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11އާ ހަމައަށް
2 އަހަރުދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11.5އާ ހަމައަށް
3 އަހަރުދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %12އާ ހަމައަށް
މި ފުރުސަތުތައް މިވަގުތަށް ލިބިގެންދާނީ ފުރަތަމަ ސަބްސްކްރައިބްކުރާ 20 މިލިއަން ރުފިޔާއަށް އިންވެސްޓްކުރާ ފަރާތްތަކަށެވެ.
ޑީއައިޕީގެ ޓީމުން އިންވެސްޓްމަންޓްތައް މެނޭޖްކުރުމުގެ ސްޓްރެޓެޖީގެ ދަށުން އިސްކަންދޭ ދާއިރާތަކަކީ:
ޑީއައިޕީ އިން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ދިރާސާކޮށް ހޯދާ ޕްރައިވެޓް އިންވެސްޓްމަންޓް ފުރުސަތުތައް
ކާމިޔާބު އަދި ޓްރެކް-ރިކޯޑް ހުރި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޝޯޓް-ޓާމް ފައިނޭންސިން
އެސެޓް ބެކްޑް ފައިނޭންސިންގް (މުދަލަށް ބިނާކޮށް ދޫކުރާ ފައިސާ)އުފެއްދުންތެރި ވަސީލަތްތަކާ ގުޅިފައިވާ ރިއަލް އެސްޓޭޓް އަދި އެހެނިހެން ފައިނޭންސިން
ޑީއައިޕީން އަމާޒުކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ޓްރޭޑިންގ ވިޔަފާރި، ރިއަލް އެސްޓޭޓް ތަރައްގީކުރުން ފަދަ ދާއިރާތައް ހިމެނެ އެވެ.
މިފަދަ އިންވެސްޓްމަންޓް ފަންޑްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭންކިންގ ނިޒާމުގެ އިތުރުން، ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. ގރާއްޖޭގައިވެސް މިފަދަ ޕްރޮޑަކްޓްތައް ތަޢާރަފުވެ ކުރިއަރަން ފަށާފައިވާއިރު، އޮކްޓޫބަރު 2025 ގައި ލޯންޗް ކުރި ދިނަފް-36 އަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދިވެހި މާކެޓަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، ގިނަގުނަ ފައިދާތަކެއް އެކުލެވޭ އިންވެސްޓްމަންޓް ފަންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ