ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން މާދަމާ ހަވީރު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ހެނދުނުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހަވީރު 16:00 އާއި 16:15 ގެ ދެމެދުގެ ވަގުތެއްގައި ކުޑަވަގުތުކޮޅަކަށެވެ. ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވަނީ ހުޅުމާލޭ ނެއިބަރހުޑް 3 ގެ ބައެއް ސަރަހައްދުތަކާއި ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ހިޔާ، އަމާން އުދަރެސް 5 އަދި 6 ގެ އިތުރުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުންނެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.
އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ