މި ފަހަރު ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ އަމަލީ މަސައްކަތް މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްކޫލުތަކަށް ދަރިވަރުން ވައްދާ އަދަދަށް ބަލައިގެންނެވެ. ރަށްރަށުގެ އިތުރުން މާލޭގެ ގިނަ ސްކޫލުތަކުގައި ވެސް ދަރިވަރުންނަށް ފޮތްތައް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރަމުން އައީ އަރަބިއްޔާ ސްކޫލުގައި ކަމަށް ވިޔަސް، މި ފަހަރު އެ މަސައްކަތް ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލުގައި ކަމަށެވެ. އެހެންކަމުން ޖާގައިގެ ދަތިކަން ކުރިމަތިވި ކަމަށާއި، މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާރުކޭޓު ސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާތީ ބޯޓުތަކަށް ފޮތްތައް އެރުވުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސްކޫލުތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަވާލުކޮށް ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ދަރިވަރުން ސްކޫލަށް ނުކުތުމުގެ ކުރިން، މި މަހުގެ 25 ވަނަ ދުވަހު ޓީޗަރުން ސްކޫލުތަކަށް ނުކުންނާނެއެވެ.
ސްކޫލު ކުދިންގެ ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާކޮށްފި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ފޭދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އަރަބިއްޔާއިން ވަކިކުރި ޕްރިންސިޕަލަށް އަލުން އެ ވަޒީފާދީފި ދަބަސް ބަރުވުމުގެ މައްސަލައަށް ހައްލެއް: ދެން ދޫކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ