ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ތަސްދީގުކުރުމަށް ފޮނުވާތާ 15 ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމާ ނުކުރުމާ މެދު ރައީސް ގޮތެއް ނިންމަން ޖެހެއެވެ. މަޖިލީހުން ތަސްދީގުކުރަން ފޮނުވާ ބިލު ތަސްދީގު ނުކުރާނެ ނަމަވެސް ސަބަބު ބަޔާންކޮށް 15 ދުވަސްތެރޭގައި މަޖިލީހަށް އަނބުރާ ފޮނުވަންޖެހެއެވެ.
އަނބުރާ ނުފޮނުވާ އޮވެ 15 ދުވަސް ވެއްޖެނަމަ އޮޓަމެޓިކުން އެބިލެއް ގާނޫނަކަށް ވާނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވާފައިވާ ގާނޫނު އަސާސިގެ 8 ވަނަ އިސްލާހު މިހާރު އޮންނާނީ ތަސްދީގުވެފައެވެ. އެހެން އެކަން އޮތުމުން ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގެ ބޭނުމަށް ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ ގާނޫނީ ސައްހަކަން މިހާރު އެވަނީ ގެއްލިފައެވެ.
ގާނޫނު އަސާސީއަށް ގެނައި 8 ވަނަ އިސްލާހު އޮޓަމެޓިކުން ތަސްދީގު ވެފައިވާތީ ހިނގަމުންދާ ރައްޔިތުންގެ މަޖިލިހުގެ އުމުރު 2028 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ ނިޔަލަށް މިހާރު އެވަނީ ކުރުވެފައެވެ. ހަމައެހެން ދެން ރައްޔިތުން މަޖިލިސްގެ މަޖިލިސްގެ އިންތިހާބު އޮންނާނީ ރިޔާސީ އިންތިހާބު ބާއްވާ ދުވަހުއެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބޭނުން މިހާރުވަނީ ކެނޑިފައެވެ. މިހާރު އޮތްހާވެސް ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުކަމެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދާ ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހަށް ފިޔަވަޅު އެޅުމެވެ.
ރެފަރެންޑަމް ވޯޓާނުނަގާ ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ