ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް'ގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް، 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒްގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، %100 ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް ރަޖިސްޓްރީ ކުރާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.
ތަފްސީލް - ރަޖިސްޓްރީވުމަށް ފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެ އެވެ. އެގޮތުން: 
ޕާސަން-ޓު-ޕާސަން ޓްރާންސްފާ ކުރެވޭނެ 
ކިއުއާރް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ
ސްވައިޕް މެދުވެރިކޮށް ހޭދަކުރާ ގޮތުގެ ތަފާސްހިސާބު ބަލާލެވޭނެ 
ޕޭމަންޓް ލިންކް ފޮނުވައި ފަސޭހަކަމާ އެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ
ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ޕޭމަންޓް މިންގަނޑުތަކާ އެއްގޮތަށެވެ.
މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބީއެމްއެލްގެ އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް ވެސް ބޭނުންކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ