ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިއަދު ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ، ރަމަޟާމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން އިސްވެ ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މިއަދުގެ މަޝްވަރާތަކުގައި ވިޔަފާރިވެރިންގެ ތެރެއިން ހޯލްސޭލް އަދި ރީޓެއިލަރުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް، ޕޯޓްގެ އިތުރުންވެސް ކަމާބެހޭ މުއައްސަސާތަކުން ބައިވެރިވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޒަރުރީ މުދާ އަތޮޅުތެރޭގެ ސަރަހައްދުތަކަށް އެއްވެސް ދަތިކަމެއްނެތި އަގުތަކަށް ބަދަލުނައިސް ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ވީހާވެސް ހަލުއިކަމާއެކު މުދާ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.
ގެ ކުރީ ދެ އަހަރުގެ ރޯދައެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރަމަޟާންމަސް ކައިރިވަމުން އަންނައިރު، ބާޒާރުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގެންދަނީ މިހާރުވެސް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އާއްމުން އެންމެގިނައިން ބޭނުންކުރާ 23 ބާވަތެއްގެ މުދާ އެއީ އަސާސީ ބާވަތްތައްކަމަށް ސަރުކާރުން ކަނޑައަޅައި، އިކޮނޮމިކް މިނިސްޓްރީން ގެންދަނީ އެސްޓީއޯ މެދުވެރިކޮށް އެބާވަތްތައް ރާއްޖެ ގެނެސް ވިއްކަމުންނެވެ.
ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ