އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަކީ މާލޭގެ ރައްޔިތުން ކުރާ އިތުބާރާއި ދޭ ތާއީދުގެ ރަމްޒެއް ކަމަށް، ދެވަނަ ދައުރަކަށް މާލޭ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ %45 ވޯޓާ އެކު މާލޭ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އާޒިމް އެވެ. މޭޔަރުގެ ގޮނޑިއަށް އާޒިމްއާ އެކު 5 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
ތަފްސީލް - އިންތިހާބުގެ ކާމިޔާބީއާ އެކު އާޒިމް މިއަދު ސޯޝަލްް މީޑިއާގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހިޔާލާއި މަަޝްވަރާއާ އެކު ފަހި، ފެހި ތަނަވަސް މާލޭގެ ތަސައްވުރު ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.
އާޒިމް ވަނީ މާލޭގެ ރައްޔިތުން އޭނާއަށް ދިން ލޯތްބާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް އަޅުގަނޑަށް ވޯޓު ދެއްވި ބޭފުޅުންނަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" އާޒިމް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މިހާރު އޮތް މާލެ ސިޓީ ކައުންސިލްގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިހާބުގައި ވިލިމާލެ ދާއިރާ ފިޔަވާ އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
މި ކާމިޔާބީއަކީ މާލޭ ރައްޔިތުން ކުރާ އިތުބާރުގެ ރަމްޒެއް: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ