ސަރުކާރުގެ ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކްއިން-އިންޓަވިއުއެއް

ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ބޭއްވުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.މީގެ ކުރިން ވެސް ވޯކް-އިން އިންޓަވިއެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުގައި، 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.އެމްޓީސީސީން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގައި ކަމަށެވެ. އެއީ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެންނެވެ. ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން މީގެކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ