ސުޕްރީމް ކޯޓުގެ ހުއްދަނެތި ފަނޑިޔާރުންނަށް ޗުއްޓީ ނުނެގޭގޮތް ހަދައިފި

ފަނޑިޔާރުންނަށް ޗުއްޓީ ލިބޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމުގައި ހަމަޖައްސައިފިއެވެ. ސުޕްރީމް ކޯޓުން އިއްޔެ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވި އާންމު ސިޓީގައި ވަނީ އެގޮތަށް ހަމަޖެއްސީ މިހާރަކަށް އައިސް އެއްފަހަރާ ގިނައަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތިބޭތީ ކޯޓުތަކުގައި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާ އެއްގޮތަށް ޝަރީއަތް ބޭއްވުމަށް ހުރަސް އެޅެމުންދާކަން ފާހަގަކުރެވޭތީ ކަމަށެވެ. "ވީމާ، މީގެފަހުން ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ޗުއްޓީ ހަމަޖައްސަންވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެންކަމުގައި ދެންނެވީމެވެ،" ސުޕްރީމް ކޯޓުގެ އާންމު ސިޓީގައިވެއެވެ. މިހާތަނަށް ފަނޑިޔާރުންނަށް ޗުއްޓީ ހަމަޖައްސަމުން އައީ އެ ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓަކުންނެވެ. މިހާތަނަށް ޗުއްޓީ ދެއްވަނީ އެ ކޯޓެއްގެ އެންމެ އިސް ފަނޑިޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ