ވޭމަންޑުއަށް ކަރަންޓު ދީފި

ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ކަރަންޓު ކެނޑުމުން، އެ މައްސަލަ ހައްލުކޮށް އެރަށަށް އަލުން ކަރަންޓުދީފިއެވެ.
އިއްޔެ މެންދުރު 2:30 ހާއިރު ވޭމަންޑޫ އިންޖީނުގޭގައި ކުއްލި ގޮތަކަށް ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ޖަނަރޭޓަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެކަމާ ގުޅިގެން މުޅި ރަށުން އޮތީ ކަރަންޓު ކެނޑިފައެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް، މިރޭ 11:40 ހާއިރު އެރަށަށް ކަރަންޓުދީފައިވާ ކަމަށެވެ. އެރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އެރަށު ރައްޔިތުން ދެއްކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް ވެސް ފެނެކައިން ބުންޏެވެ.
ފެނަކައިން ބުނީ އެކުންފުނީގެ މުވައްޒަފުން 33 ގަޑިއިރު ތެރޭގައި ދައްކައިދީފައިވަނީ ނަމޫނާ މަސައްކަތެއް ކަަމަށާއި އެކަމަށް ތައުރީފު ހައްގު ކަމަށެވެ.
ވޭމަންޑޫ ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ތ. ގުރައިދޫން 360 ކިލޯވޮޓްގެ ޖެންސެޓެއް މިއަދު ހެނދުނު ވަނީ އެރަށަށް ގެންގޮސްފައެވެ.
ވޭމަންޑޫގެ ހާލަތު ބެއްލެވުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ އެރަށަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ