ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލް "ސަލާހުއްދީން ސްކޫލް" އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާއިއެކު ކޮންޓްރެކްޓުގައި ސޮއެކޮށްފިއެވެ.
Advertisement
118 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަން އާއި މަސައްކަތް ހަވާލުކުރީ މިއަދު މިކަމަށްޓަކައި ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރުފާން އެވެ. މި އެއްބަސްވުމުގެ ދަށުން 390 ދުވަހުގެ ތެރޭގައި "ސަލާހުއްދީން ސްކޫލު" ގެ މަސައްކަތް އެއްކޮށް ނިންމާލަން ޖެހެއެވެ. އަދި މިމަސައްކަތަށް 118.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލް "ސަލާހުއްދީން ސްކޫލް" އަކީ މިދިޔަ އަހަރު ޕީއެސްއައިޕީ ބަޖެޓުން އަޅަން ނިންމި ސްކޫލެކެވެ، ނަމަވެސް މިމަސައްކަތް މިއަހަރަށް ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެންނެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން ކަނޑައަޅައި އެޗްޑީސީން ވަނީ މިނިސްޓްރީއާ ހިއްސާކޮށްފައެވެ.
ސަލާހުއްދީން ސްކޫލް އެޅުމަށް އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ