ކޮވިޑްގައި 103 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 103 މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 11:14 ގައި ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެމީހާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ އިއްޔެ ކޮވިޑް ޖެހިގެން ނިޔާވި ހަތަރު ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެންނަމަވެސް 30 އަހަރުގެ ޒުވާނަކުވެސް މި ބަލީގައި ވަނީ ރާއްޖެއިން ދާދި ފަހުން ނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ