ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރަން މަސްކަތް ކުރަނީ- ފުލުހުން

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެއަމުރު ފުލުހުން ތަންފީޒު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ މި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ދެއްވި ބަޔާނުގައި ވިދާޅުވީ، ކޯޓު އަމުރު ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާކަމަށާއި، އަދި ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ޤަނޫނީ ލަފާގެ މަތިން ކުރަމުން ދާކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ގެ ފަރާތުން މިފަދަ ދަނޑަވަޅެއްގައި ރާއްޖޭގެ އަދި ހާއްސަ ކޮށް މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމަށް ފުރުސަތު ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަން އަބްދުﷲ ނަވާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ