މައުމޫނާއި، އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހެކި ނައްތާލުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފިއެވެ.  ފުލުހުން ބުނީ މއ. ކިނބިގަސްދޮށުގޭ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ސ. މީދޫ އަލިވާގެ އަބްދުﷲ ސައީދާއި، ރެހެންދި 1 ފުލެޓް ބީ 6 އަލީ ހަމީދު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގް ނިންމުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށެވެ. އަދި ދަފްތަރު ނަމްބަރު 2571 ހަސަން ސައީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގް ނިންމާ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމާއި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނާއި، އަޙްމަދު ނަދީމު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ސަރުކާރު ވައްޓާލަން، އުޅުނު ކަމުގެ ހެކި ތަހުޤީގަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ. މި ބޭފުޅުންގެ ބައެއް މައްސަލަތައް ނިންމާ މިއަދު ޕީޖީއަށް ފޮނުވާފައިވާއިރު، ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އިތުރު ބަޔަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށް ހެކި ހޯދާފައެވެ.
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މައުމޫނާއި، އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
57 ސިކުންތު ކުރިން
ދަމަނަވެއްޓަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިތުރު ކުރެވިފައިވަނީ ހޯމް ވިޒިޓް- ނާޒިމް
3 މިނެޓް ކުރިން
ރާއްޖޭގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަނީ
9 މިނެޓް ކުރިން
ކެންސަރަށް ދޭ ފަރުވާގެ ޚިދުމަތްތައް އައިޖީއެމް ހޮސްޕިޓަލުގައި ފުޅާކުރުމަށް ނިންމައިފިން- އައިޖީއެމްއ...
11 މިނެޓް ކުރިން
ދިހަ އަހަރަށް ފަހު ރެއާލް މެޑްރިޑް އަތުން އެސްޕަންޔޯލް މޮޅުވެއްޖެ
14 މިނެޓް ކުރިން
ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފި
9 ގަޑި ކުރިން
ގާސިމަށް އޮތް ހަމައެކަނި ގޮތަކީ ދައުލަތަށް ދަރާފައިވާ ދަރަނި ދެއްކުން: ފަލާހު
15 ގަޑި ކުރިން
އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް އީޔޫއިންވެސް ބަލައެއް ނުގަނޭ: މިިނިސްޓަރ ސައީދު
15 ގަޑި ކުރިން
އެޗްޑީސީން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެހީތެރިވުމަށް އެމްއައިޓީއާއެކު ސޮއިކޮށްފި
15 ގަޑި ކުރިން
ސްރީދޭވީގެ މަރަކީ އެކްސިޑެންޓެއް ނޫން- އިންޑިއާގެ ޕާލިމެންޓް މެމްބަރެއް
13 ގަޑި ކުރިން
ގޫތާއަށް ދެމުން އަންނަ ހަމަލާތަކުގައި 550 މަރު!
14 ގަޑި ކުރިން
ދަރުމަވަންތަ ހޮސްޕިޓަލްގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ