ޝަރީފް އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އަހުމަދު ޝަރީފް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެއިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ ތ. ތިމަރަފުށި މާލޭގެ އަހްމަދު ޝަރީފްގެ ނަމެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ސުލައިމާން މިހާރު ވަނީ ނެޝަނަލް އިންޓަރގުރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އެކަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް އަބްދުﷲ މަސީހް މުހައްމަދު ވަނީ އިއުލާނު ކުރައްވާފައި. އަހުމަދު ޝަރީފްގެ ނަން ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ޝަރީފް އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި ޝަރީފް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުންވެސް އޭނާއާއި ސުވާލުކޮށް، އެމީހުން ބޭނުންވާ މައުލޫމާތުރައް ހޯދާފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ޝަރީފްއާއި ސުވާލް ކުރުމަށް ފަހު ނެރުނު ރިޕޯޓްގައި، އޭނާއަށް ދީފައިވަނީ 77.3 ޕަސަންޓު މާކްސެވެ. ކޮމިޓީން އޭނާގެ ނަން ފާސްވުމަށް މަދުވެގެން 75 ޕަސަންޓު ލިބެން ޖެހެއެވެ. އިންޓަވިއުއިން ފާސްވުމާ ގުޅިގެން ޝަރީފްއަކީ އެ މަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެއިތުރުން މިއަދު މަޖިލީހުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށައަޅާފައިވާ ތައުލީމްގެ ބިލު ޤައުމީ ތަރައްޤީ ކޮމިޓީގައި ދިރާސާ ކުރައްވާ ހުށައަޅާ ސުން ގަނޑި ވެސް ކަނޑައަޅާފައިވެއެވެ. ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 7 ވަނަ މައްދާގެ ދަށުން ކޮމިޓީތަކައް ބަދަލު ގެނެސްފައިވާކަމަށް. އެގޮތުން ގަވައިދު ކޮމިޓީއަށް 7 ބަދަލު ގެނެސްފައިވާއިރު، ޤައުމީ ތަރައްޤީ ކޮމިޓީއަށް 3 ބަދަލު ވަނީ ގެނެސްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މި ބަދަލުތައް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަންގާފައިވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ