"ފަޔަރ ޕްރިވެންޝަން ވީކް 2018" ބޮޑު ތަރުހީބަކާއެކު ކުރިއަށް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން މިހާރު ކުރިއަށްދާ "ފަޔަރ ޕްރިވެންޝަން ވީކް 2018" ވަރަށް ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށް ފަޔަރ އެންޑް ރެސްކިޔު އިން ބުނެފިއެވެ.
އެމް އެންޑީ އެފުން މައުލޫމާތު ދޭގޮތުގައި ވިލިމާލޭގައި އިއްޔެ ފެށި "ފަޔަރ ޕްރިވެންޝަން ވީކް 2018" ކުރިއަށްދާނީ، ވިލިމާލޭގެ އިތުރުން، މާލެސިޓީ އާއި ހުޅުމާލެ އަދި ވ.ރަކީދޫގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ރަކީދޫގައެވެ. ރަކީދޫގައި ކުރިއަށްދާ ޕްރޮގްރާމްގައި، އެފްއާރުއެސް ގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ވެސް ހަރަކާތްތެރިވާނެއެވެ. އަދި އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި އަދި ހޮނިހިރު ދުވަހު މާލޭ ރަސްފަންނުގައި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ 16:00 އިން 18:00 އަށް ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފާއިތުވި އަހަރުތަކުގައި ފަޔަރ ޕްރިވެންޝަން ވީކަށް އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ލަބިފައިވާކަން އެމްއެންޑީއެފުން ފާހަނގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ