ޔާމީން ވެރިކަމުގައި ބަހައްޓައިގެން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އިދިކޮޅު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ބަހައްޓައިގެން ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި އިންސާފުވެރި އިންތިހާބަކަށް އޮތް ހުރަހަކީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީންކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ކުނޫޒްގައި ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވަނީ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތައް އްޔަރުކޮށް ކޯލިޝަން ރޫޅާލުމަށް ކަމުގައެވެ.
ނަމަވެސް ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނިކުންނާނީ އެއް ކެންޑިޑޭޓަކާއި އެކުކަމަށާއި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެތޯ އުފުދޭ ސުވާލު އުފެދޭކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ މިހާރު ކަން ހިނގާ ގޮތުން އިންތިހާބާއި ކުރިމަތިލާން ޖެހޭނީ ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ހިފާ ހައްޔަރުކުރުމަށްފަހު ކަމުގައެވެ.
މީގެ އިތުރުން ޕާޓީތައް ބައިބައި ކުރުމަށް އެކި ގޮތްގޮތުން ރައީސް ޔާމީން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެއް ކެންޑިޑޭޓެއްގެ މައްސަލައާއި ޕާޓީތަކުގެ ސަރުކާރާއި ގުޅޭގޮތުން އެކަމަށް ކަނޑައެޅިފައިވާ ކޮމެޓީތަކުގައި މަޝްވަރާ ކުރެވެމުން ދާކަމުގައެވެ. އަދި އެ މަޝްވަރާތައް ނިމުމުން އިދިކޮޅު ސަރުކާރެއް އޮންނާނެގޮތް ފެނިގެން ދާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ