ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 1:45 އެހާއިރު ސުޕްރީމް ކޯޓުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.
މިދިޔަ ހަފްތާގެ ބުދަދުވަހު ވެސް ވަނީ މާލޭގެ ދެ ސަރަހައްދަކުން ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފަ އެވެ. އަދި މި މަސް ތެރޭގައި އެކި މާރަމާރީގެ ތެރެއިން ތިން ކުޑަ ކުއްޖެއް ގަޔަށް ވެސް ވަނީ ވަޅިން ހަމަލާދީފަ އެވެ.
ސުޕްރީމް ކޯޓް ކައިރީގައި މީހެއް ގަޔަށް ވަޅިޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ