ސަރުކާރުން ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމީ މިއަދު ސިއްރެއް ނޫން ކަމަށާ، އެއީ ދުވާލުގެ އިރު ފަދައިން ފެންނަ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އަލީ ޒާހިރު ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާ، އެއީ ވަރަށް ފާޅުގައި ހިނގަމުންދާ ކަމެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައިވާ އެމަނިކުފާނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހަމަޖެއްސުމުގެ އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ސަމާލުކަން ދެމުން ނުދާ މައްސަލައިން މިސާލު ނަންގަވަމުން އަލީ ޒާހިރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ނުފޫޒު ނެތްނަމަ ޝަރުޢީ ދާއިރާއިން މި މައްސަލައިގައި މިހާރު އިތުރު އަމުރުތައްވެސް ނެރެފީސް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"މިހާރު މިސާލަކަށް ސަރުކާރުން އެދޭ ކަމެއްގަ އެގޮތަށް އޮތް ޙުކުމެއް ނަމަ މިހާރު އަޅުގަނޑަށް ޔަޤިން މަތީ ކޯޓުތަކުންވެސް އިތުރު އަމުރުތައްވެސް އައިއްސަ އޮންނާނެ. އަދި ފުލުހުންނާ ސިފައިންގެ ފަރާތުންވެސް ނިކަން ބާރަށް އެ ތަންފީޒު ނުކުރެވިގެން، ހަމަ ދެކޮޅަށް ދުވާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ސަރުކާރުން ނުރުހޭ ގޮތަކަށް ކޯޓުން އަމުރެއް ކޮށްފިނަމަ އެކަމެއް ބަލައި ނުގަންނަ މަންޒަރު ކަމަށެވެ. އަދި ސަރުޚާރުން ބޭނުންވާ ގޮތަށް ޙުކުމް ނެރުމަށްޓަކާ ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
ޤާސިމްގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވައި އަލީ ޒާހިރު ވަނީ، ކަރެކްޝަންސްގެ މެޑިކަލް ބޯޑުގެ އިޙުލާސްތެރިކަމާއި މެދުވެސް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އެ ބޯޑުން ކޯޓުގެ އަމުރާއި އެއްގޮތަށް މަސައްކަތްކުރާތަން ނުފެންނަ ކަމަށާއި، ސަރުކާރުގެ ނުފޫޒު އެ ބޯޑުގެ މައްޗަށްވެސް އޮތް ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވަނީ މިނިވަން މުއައްސަސާތަކުން ޤާނޫނުން ލާޒިމްކުރާ ފަދައިން މިނިވަން ކަމާއިއެކު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމީ މިއަދު ސިއްރެއް ނޫން: އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ