އަހުމަދު މޫސާ އާއި މުއްތަލިބު މިރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާގެ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ މިރޭ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާނޭ ކަމަށް އެ ދެބޭފުޅުން ވެސް ވިދާޅުވެއްޖެ އެވެ.ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހަށް އަމިއްލަ މެންބަރަރެއްގެ ގޮތުގައި އިންތިހާބުކޮށްފައިވާ މުއްތަލިބު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެ ޕާޓީ އަށް ސޮއި ކުރައްވަނީ "ސަރުކާރުން މެންބަރުން ގަނެގެން އަޣުލަބިއްޔަތު ހޯދަން ކުރާ ކަންކަން ހުއްޓުވުން" ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ޕާޓީލައިން ތެރެއިން ނޫނީ މަޖިލީހުން ވެސް ކަންކަމަށް ޖާގަ ހޯދުމަށް އުނދަގޫވެފައިވާތީ ކަމަށެވެ.އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވަނީ އެ ޕާޓީގެ ރައީސް ގާސިމު އިބްރާހިމް ވިދާޅުވެގެން ނޫން ކަމަށާއި އޭނާގެ އަމިއްލަ އިސްނެންގުވުމާ އެކު އެ ޕާޓީ އަށް ސޮއިކުރައްވަނީ ކަމަށެވެ.ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު ވިދާޅުވީ "އަދި އޮތީ މިރޭ ސޮއި ކުރާ ގޮތަށް" ކަމަށެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މިއަދު އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ސޮއިކުރައްވާނެ ކަމަށެވެ.ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ތިއްބެވި ހަރަކާތް ތެރި ނޫން މެންބަރުން އެއްފަރާތް ކުރުމަށް ފަހު ޕާޓީގެ ކައުންސިލް މިހާރު ވަނީ އަލުން އެކުލަވައިލައިފައި ކަމަށެވެ. އެ ޕާޓީގެ ކައުންސިލްގައި މިހާރު ނުވަ މެންބަރުން ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ