ވިލިނގިއްޔާއި މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާ އާއި މަހިބާދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައި ވަނީ އެމްޑީޕީގެ ފަރާތުންނެވެ. އަދި މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކިރަން ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގައި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އޭނާ އަށް ވޯޓުދޭންޖެހޭނެ ކަމަށް ބުނެ ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމަށް ތުހުމަތުކޮށްފައި އެވެ.
އޭގެއިތުރުން އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއްގައި 300 ވަރަކަށް ވޯޓު ޓެގްކޮށް ޕީޕީއެމްގެ ކެންޑިޑޭޓު ހޯދާފައިވާ ކަމަށާއި އެގޮތަށް ހަދާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދިންކަން ކަށަވަރު ކުރުމުގެ ގޮތުން ވޯޓުލީ މީހުންނަށް ކުރިން އެގޮތަށް އެންގުމުން ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.
އިންތިޚާބު ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސައިން އާއި އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދުއާ ދެމެދު ހުރި ތަތީޖާގެ ފަރަގަކީ 229 ވޯޓެވެ.
ޓެގްކޮށްފައިވާ ވޯޓު ކަރިދާހަކީ ސިއްރުއެއްޗަކަށް ނުވާތީ އެ ވޯޓު ކަރުދާސްތައް ބާތިލްކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ.
މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ޖުމްހޫރީ ޕާޓީން ހުށަހަޅާފައި ވަނީ ވޯޓު ފޮށިތައް ބަންދު ކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ