މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސުޓެލްކޯ އިން ދެމުންދާ ކަރަންޓްގެ ޚިދުމަތަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު މެންދުރު 1:45 އެހައިކަންހާއިރުން ފެށިގެން މާލޭ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސުޓެލްކޯގެ އިންޖިނިއާ އިބްރާހީމް ރައޫފު ވިދާޅުވީ މިއަދުގެ މެނދުރު ވަގުތެއްގައި މާލޭގެ ހަތަރު ބައިކުޅަ އެއްބައި ސަރަހައްދުން ކަރަންޓް ދިޔައީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށް ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް މިވަގުތު ދަތި ކަރަންޓް ދިޔައީ ކޮންތަންތާކުންކަން ބުނަން. ކަރަންޓް ގޮސްގެން މިއުޅެނީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން،" ރައޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށެވެ.
މެނދުރު 1:45 އެހައިކަންހާއިރުން ފެށިގެން މާލޭގެ ބޮޑުބަޔަކުން މިހާރު ވަނީ ކަރަންޓް ކެނޑިފަ އެވެ. އެގޮތުން ކަރަންޓް ކެނޑިފައި ވަނީ އެކި އަވަށްތަކުގެ އެކިއެކި ހިސާބުތަކުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ