މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަށްކަމަށް ދިވެހި ރައްޔިތުން ބުނާނީ ނޫނެކޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޤަފޫރު މޫސާ ވިދާޅު ވެއްޖެއެވެ.
ގަފޫރު މިހެން ވިދާޅުވީ އިިދކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެން ހދ ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ވެރިކަން ނޫން ވެރިކަމެއް ކަމުގައެވެ. އަދި ﷲގެ އިރާދަފުޅުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ އިިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް ގަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ވައްކަން ނުކުރާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވެސް ނުވާނެކަމަށް ގަފޫރުވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުއްޓަށް މިސަރުކާރުން އިހުމާލުވެފައިވާ މިންވަރާއިމެދު ވާހަކަ ދައްކަވަމުން އަދި އެމްޑީޕީގެ ވެރިކަމުގައި ކުޅުދުއްފށީގައި ކޮށްފައިވާ އަދި ފަށާފައިވާ މަޝްރޫއުތަކަށް ގަފޫރުގެ ވާހަކާގައި އަލިއަޅުއްވާ ލެއްވިއެވެ. އަދި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއް ކުޅުދުއްފުއްޓަށް ވުރެ އިސްކަން ދޭނެ އެހެން ތަނެއް ނޯންނާނެކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ވައްކަމަށް ރައްޔިތުން ބުނާނީ ނޫނެކޭ: ގަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ