ފުވައްމުލަކު ރައްޔިތުން ބުނަނީ ފާހަގަ ޖާހާނީ ކެންޑިޑޭޓް ނަންބަރު އެކެއްގައި ކަމަށް!

12،000 ހާސް މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން ރަށްތަކުގައި ވާހަކަދައްކާ ބަހާއި ތަފާތު ބަހުރުވައަކުން ވާހަކަ ދައްކާ ބައެއް އުޅޭ ރަށެކެވެ. އާސާރީ ގިނަ ތަންތަން ހިމެނޭ، ފާހަގަ ކޮށްލެވޭ ދިގު ތާރީޚެއް އޮންނަ ރަށެކެވެ.ޒަމާނުއްސުރެ ރާއްޖޭގައި ކުރި އެކި ވެރިކަމުގައި ފުވައްމުލަަކަށް ނިސްބަތްވާ މީހުން ސަރުކާރުގެ ނައިބް ރައީސުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަދަ ސަރުކާރުގެ މަތީ ފަންތީގެ މަގާމްތައް ފުރުއްވި މީހުންތަކެއް އުޅޭ ރަށެކެވެ. ދީނީ އެންމެ ގިނަ ހާފިޒުން އެ ރަށަކަށް އުފަންވެފައިވާ ރަށެއްވެސްމެއެވެ. ތައުލީމީ ރޮނގުން ފުންނާބު އުސް ބޭފުޅުން ގިނަ ރަށެކެވެ.އެއް އަތޮޅަކަށް އެންމެ ރަށެއް ނިސްބަތްވާ ފުވައްމުލަކު ރައްޔިތުންނަކީވެސް ތަރައްގީ އާއި ތަމައްދުން ބޭނުންވެފަތިބި ބައެކެވެ. ފާއިތުވި އެކި ވެރިކަމުގައިވެސް ފުވައްމުލަކުގެ ރައްޔިތުންގެ އުންމީދުތަކެއް ހާސިލްވެގެން ދިޔަ މަންޒަރެއް ނުފެނުނެވެ. ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ޙިދުމަތުންވެސް މަހުރޫމްވެފަ ތިބި ރައްޔިތުންގެ ހިތްތަކަށް ބަހާރު މޫސުމެއް ގެނެސްދެއްވީ ސަރުކާރާ ހަވަލުވެ ހުންނެވި މއ. ކާމިނީގެ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ޙާއްސަ އިސްކަމެއް ދެއްވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ޙިދުމަތް ރައްޔިތުންނަށް ފަހި ކޮށްދެއްވުމަށެވެ. އިތުރުން ވެސް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ނުވަތަ ރައްޔިތުންނަށް ދަތިވާ ކަންތައްތަކަށް ހައްލު ހޯއްދައިވަދެއްވާ ރައްޔިތުން ހިނިތުން ކުރުވުމަށެވެ. 20013 ވަނަ އަހަރަކީ ފުވައްމުލަކުގެ ރައްޔިތުންގެ ވެސް އުންމީދުތަކެއްގައި ކުލަ ޖެހިގެންދިޔަ އަހަރަކަށެވެ.އެގޮތުން ރައީސް ޔާމީންގެ ޒަޢާމަތުގެ ހަތަރު އަހަރާއި ބައިގެ ތެރޭގައި ފުވައްމުލަކަށް ވަނީ 41 ތަރައްގީގެ މަޝްރޫޢެއް ސަރުކާރުން ކުރިއަށް ގެންގޮސްފައެވެ. ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ލިބެން ފަށާކަށް މާ ގިނަ ދުވަހެއްނެތެވެ. ޒަމާނީ ފެންވަރަށް އަތޮޅޮ ހޮސްޕިޓަލް ތަރައްގީ ކުރެވި ޙިދުމަތް ލިބެއެވެ. ރަށުން ފެންވަރު ރަނގަޅު ތައުލީމް ކިޔަވާ ކުދިންނަށް ހާސިލްކުރެވެއެވެ. ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބެއެވެ.ޖާގައިގެ ދަތިކަން ދިމާވެފައިވާ ސްކޫލުތަކަށް ޖާގަ ތަނަވަސްވެއްޖެއެވެ. ރަށަށް އަރައިފައިބާ ހެދުމުގައި ދިމާވާ ދަތިކަމަށް ލުއިފަސޭކަން ލިބި ބަނދަރުގެ ބޭނުން ބޯޓު ފަހަރުތަކުގެ ވެރިންނަށް ލިބެންފެށިއެވެ. ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަަކައި ބޭރު ގައުމުތަކުގެ އެހީ އަންނަނީ ހޯދަމުންނެވެ. ރަށުގެ އެއާޕޯޓުގެ ޖާގަ ތަނަވަސްވެ ފުރާ މީހުންނަށް ފަސޭހަ ތަކެއްވެއްޖެއެވެ. ވިޔަފާރިވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެ އާމްދަނީ ހޯދުމުގެ ދާއިރާތައް އިތުރުވެއްޖެއެވެ.މި ހުރިހާ ޚިދުމަތްތައް ފަހި ކޮށްދެއްވީ މި އަދުގެ ސަރުކާރުންކަމަށް ފުވައްމުލަކު ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. 2009 އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ފުވައްމުލަކު ރައްޔިތުންނަށް ތަރައްގީގެ ރޭހުގައި ލިބިގެންދިޔައީ ޖުމްލަ 9 ޕްރޮޖެކްޓްގެ ތަރައްގީއެވެ. މި އަދަދަކީ މި އަދު ފުވައްމުލަކު ރައްޔިތުން ގަބޫލު ކުރާ މިންވަރެއްނޫން ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.ފުވައްމުލަކު ރައްޔިތުންވެސް ބޭނުންވަނީ ތަރައްގީއާއި ކުރިއެރުންކަން ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ އެރަށަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންވަނީ ދައްކުވާދީފައެވެ. ކެންޕެއިންނަށް ޑރ. ޝަހީމް ފުވައްމުލަކަށް ވަޑައިގަތުމުން ފުވައްމުލަކުގެ ކުދި ބޮޑު އަދި ޒުވާނުން ވަނީ ދެންވެސް ބޭނުމީ ރައީސް ޔާމީންގެ އިތުރު ދައުރެއްކަމަށް ބުނެ އާއެކޭ ބުނެފައެވެ. ފުވައްމުލަކު އެއާޕޯޓް ސަރަހައްދުން 900 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޑރ. ޝަހީމަށް މަރުހަބާ ދަންނަވާފައެވެ.ޑރ. ޝަހީމް ފުވައްމުލަކަށް ވަޑައިގަތުން ވެގެންދިޔައީ ގިނަ ބައެއްގެ އިންތިޒާރެއްގެ ނިމުމަކަށެވެ. ޑރ. ޝަހީމަށް ދެންނެވި މަރުހަބާއިން ޑރ. ޝަހީމް އާއި އެމަނިކުފާނު އަރިހުގައި އެރަށަށް ވަޑައިގަތް މެހެމާނުން ރޮއްވާލިއެވެ. ގިނަ ބައެއްގެ ހެޔޮ ބަސްތައް އިވި ޙުދު އެމަނިކުފާނުގެ ލޮލުންވެސް ކަރުނަ ހިލުނުކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ނަމަވެސް އުފަން ރަށަށް ނިސްބަތްވާ އިދިކޮޅޮ އިންތިހާބީ ބައިވެރިޔާ ފުވައްމުލަކަށް ވަޑައިގަތުމުން ފެނިގެންދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ.ގާތްގަނޑަކަށް 400 ވަރަކަށް ރައްޔިތުން ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމުން އުފަލުންގޮސް ރޮވުނު ވާހަކަ އަހަން ފުވައްމުލަކު ރައްޔިތުންނަށް ދަތިވާ ވާހަކަ ދައްކަން ފަށައިފިއެވެ. ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަނީ ހަގީގަތާ ޚިލާފް ވާހަކަ ދައްކައިގެން ފުވައްމުލަކު ރައްޔިތުން ގުނބޯ ނެހެއްދޭނޭ ކަމަށެވެ. ފުވައްމުލަކު ރައްޔިތުން އެދެނީ މަންޒަރާ އެއްގޮތަށް ވާހަކަ ދައްކައި ކަމުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ