ސޭޓަކަށް ގައުމު ވިއްކާލައިފިކަމުގައިވަނީނަމަ ރައްޔިތުން އުޅެންޖެހޭނީ އަޅުވެތިކަމެއްގައިކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ގެ ރަނިންމޭޓް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމުން ފުވައްމުލަކު މާލޭ ޖަގަހަ ހުޅުވުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ގާސިމް އިބްރާޙިމްއަކީ ސޭޓެއް ކަމަށެވެ.
"ސޭޓަކަށް ވެރިކަން ލިބިއްޖެނަމަ ގައުމުއަޅުވެތިވާނެ" ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ ވޯޓަކީ ފައިސާއަށް ވިއްކާލަންވާރުގެ އެއްޗެއްނޫންކަމަށާއި، ދިވެހިންނަށް މީގެ ކުރިން އެގޮތަށް އަމަލުކުރުމުން އެކަމުގެ ހިއްދަތި ތަޙަމައްލު ކުރަންޖެހިފައިވާކަމަށެވެ.
"މިގޮތަކަށް ވިއްކާލާވަރުގެ އެއްޗެއް ނޫނޭ މިއީ. އެއް ފަހަރު އަޅުގަނޑުމެން ތަހަންމަލުކޮށްފީމޭ." ޑރ.ޖަމީލް ވިދާޅުވިއެވެ.
ގައުމެއް ހިންގުމަކީ ސަމާސާއެއްނޫންކަމަށް ވިދާޅުވެ، ޑރ،ޖަމީލު ވިދާޅުވީ އެއަށް ވުރެ މަށްޗަށް ކިޔަވައިގެން ހުރި މީހަކަށް ގައުމުގެ ވެރިކަން ހަވާލުކުރެވުނުކަމަށާއި، ނަމަވެސް އެބެފުޅާއަށްވެސް ހިފަޓާނުލެވުނުކަމަށެވެ.
އަދި ޕީޕީއެމްއަށް ވެރިކަން ހަވާލުކުރުމަށް ރައްޔިތުންނަށް އިސާރާތްކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމްއަކީ ތިރީސްއަހަރުވަންދެން ވެރިކަން ކުރެއްވި ފަރާތްތަށް ކަމަށާއި، އެހެންކަމުން ޕީޕީއެމްއާ ވެރިކަން ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ.
"ގައުމެއް ހިންގުމަކީ ސަމާސާއެއް ނޫން. ގައުމެއް ހިންގުމަކީ ސަމާސާއެއް ނޫންކަން އެނގިގެން ދަނީ އެއަށްވުރެ ކިޔަވައިގެން ހުރި އެކަމަކު މަގުމަތީގައި ދުވެފަ އުޅުނު މީހަކު ގެނައީމާ ފެނުނު ހާލު އެނގިއްޖެ. ފަސް އަހަރު ހިފަހައްޓާ ނުލެވުނު. އަޅުގަނޑުމެން އެބަ އޮތް ސާބިތުކަމެއް. އަޅުގަނޑުމެން 30 އަހަރު ވަންދެން މިތިބީ ވެރިކަންކޮށްފައި. އަޅުގަނޑުމެންނާ ހަވާލުކޮށްބަލަ. އަޅުގަނޑުމެން ދޫކޮށްފައި ފުންމާނުލާނަމޭ" ޑރ.ޖަމީލް ރޭ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން އަމަލުކުރައްވަމުންދާ ގޮތުން ކަންބޮޑުވެވަޑައިގަންނަވާކަމަށާއި، އަދި އިލެކްޝަން ކޮމިޝަނުން އަމަލުކުރާ ގޮތުން ބަޔަކު ރިޔާސީ އިންތިޙާބު ވަގަށް ނުނަގައިފިނަމަ ޕީޕީއެމްއަށް ކާމިޔާބުކުރެވޭނެ ކަމަށް ވެސް ޖަމީލް ރޭ ވިދާޅުވި އެވެ.ޖަމީލް ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި އެކަކު ދެފަހަރަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ކަންތައްތަކެއް ހިންގުމަށް ބަޔަކު މަސަތްކަތްކުރަމުންދާކަމަށެވެ.
"އަޅުގަނޑު ކަންބޮޑުވަނީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތަކުން މި އިންތިހާބު ބަޔަކު ވަގަށް ނުނަގައިފި ކަމުގައިވަންޏާ ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް މިހާރު ވެސް އޮތީ ގޮސްފައި އިރާދަ ކުރެއްވިއްޔާ" ޑރ.ޖަމީލް ވިދާޅުވިއެވެ.
ސޭޓަކަށް ގައުމު ވިއްކާލައިފިނަމަ ރައްޔިތުން އުޅެންޖެހޭނީ އަޅުވެތިކަމެއްގައި - ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ