ޑީއާރުޕީން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ޑޯނާސް ކޮންފަރެންސަށް ލިބިގެން ދިޔައީ އިތުރު ކުރިއެރުމެއް: ޑރ. ޝަހީދު

19:00ފާއިތުވި ހަފްތާގައި އިދިކޮޅު ސިޔާސީ ޕާޓީން މާލޭގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ޑޯނާސް ކޮންފަރެންސަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.މިއަދު ބަނޑޮހުގައި ފެށި ޑޯނާންސް ކޮންފަރެންސް އިންތިޒާމްކުރެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ޑރ. ޝަހީދު ސަންއެފްއެމަށް ދެއްވި ހާއްސަ އިންޓަވިއެއްގައި މިއަދު ވިދާޅުވީ އެ ހަމަނުޖެހުމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން މިވަގުތުން ވަގުތަށްވެސް ރާއްޖެއަށް އެހީތެރިކަން ދިނުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ. އަދި ޑިމިކްރަސީއެއްގެ ޅަފަތުގައި އެފަދަ ކަންތައްތައް ހިނގަމުންދާނެ ކަން އެބާފުޅުން ވެސް ޤަބީލް ކުރައްވާ ކަމަށާއި ޙަޤީޤަތުގެ އެކަންކަމުގެ ސަބުބުން ލިބިގެން ދިޔައީ އިތުރު ހިތްވަރެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވި އެވެ.މީގެ އިތުރުން މިދިޔަ ހަފްތާއަކީ އދ. ގެ ތާރީހުގައި ވެސް ރާއްޖެ އަށް ވަރަށް ކާމިޔާބު ހަފްތާއެއްކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ. އެގޮތުން މިދިޔަ ހަފްތާ ނިމިގެން ދިޔައީ ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް އާ މުއާހަދާއެއް އެކުލަވާލުމާ ބެހޭ ގަރާރެއް ފާސްވެގެންދިޔަ ހަތްތާއެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ