މައުމޫން ފައިންޑޭޝަނުން ސްކޮލަރޝިޕްގެ 80 ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ފައުންޑޭޝަނުން ބުނީ ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން މިއަހަރުވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ހުޅުވާލާފައިވާ ކަމަށެވެ.
މިއީ އެ ފައުންޑޭޝަނުން ހުޅުވާލާ ޕާޓް-ފަންޑެޑް ސްކޮލަރޝިޕްތަކެއް ކަމަށާއި މިއަހަރުގެ ސްކޮލަރޝިޕްތަކަކީ އިންޑިއާގެ ބެންގަލޫރުގެ ގާރޑަން ސިޓީ ކޮލެޖުން 20 ދާއިރާއިން ތަޢުލީމް ޙާޞިލު ކުރުމަށް ހުޅުވާލާ ސްކޮލަރޝިޕްތަކެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް ކޮމަރސް، ބެޗްލަރ އޮފް ކޮމަރސް (އޮނަރސް)، ބެޗްލަރ އިން ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް، ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗްލަރ އިން ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބެޗްލަރ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން އެވެ.
މީގެ އިތުރުން ބެޗްލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބީއެސްސީ- ބަޔޯޓެކްނޮލޮޖީ (އޮނަރސް)، ބެޗަލަރ އިފް ފިޒިއޮތެރަޕީ، މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓު، ބީއެސްސީ- އިންފޮޕމޭޝަން ޓެކްނޮލޮޖީ، ބީއޭ-ބެޗްލަރ އިން ޖަރނަލިޒަމް (އޮނަރސް)، ބީއޭ- ޓޫރިޒަމް (އޮނަރސް)، ބީއޭ- އިންގްލިޝް (އޮނަރސް)، އެމްއޭ- މާސްޓަރސް އިން އިންގްލިޝް، އެމްއެސްސީ- ސައިކޮލޮޖީ، ބީއެސްސީ- ހޮޓެލް މެނޭޖްމެންޓް އެންޑް ކޭޓަރިންގ ޓެކްނޮލޮޖީ، ޑިޕްލޮމާ އިން ހޮސްޕިޓާލިޓީ މެނޭޖްމެންޓް އާއި މާސްޓަރ އޮފް ފިޒިއޮތެރަޕީ ހިމެނެއެވެ.
މައުމޫން ފައިންޑޭޝަނުން ސްކޮލަރޝިޕްގެ 80 ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ