މައުމޫން ފައުންޑޭޝަންގެ ފަރާތުން 80 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރު އެ ފައުންޑޭޝަނުން ހުޅުވާލި އެ ފުރުސަތުތަކަކީ އިންޑިއާގެ ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުގައި 20 ދާއިރާއަކުން ތައުލީމް ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުތަކެއް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
މި ފުރުަސަތުގެ ދަށުން ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް އެ ފައުންޑޭޝަންގެ ފަރާތުން 80 ދަރިވަރަކަށް ރާއްޖެއިން ބޭރަށް ގޮސް ކިޔެވޭނެއެވެ.
މިއީ މައުމޫން ފައުންޑޭޝަނުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަރޝިޕް ތަކެއްކަމަށް އެ ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ގެންދަނީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ 80 ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ