އަމުރު ނެރުމާއި މުއްދަތުޖަހައިދޭނީ ދެން ހަމައެކަނި ގާޒީ ބާރީ!

ކްރިމިނަލް ކޯޓުގައި މުއްދަތު ޖެހުމާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރެއްވޭނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެއީ އަބަދުވެސް ކަން ކުރަމުން އަންނަ އުސޫލު ކަމަށެވެ. އަދި ބަންދާއި މެދު ގޮތެއް ނިންމުމަށް މަޖިލީސް ކުރިޔަށް ގެންދަވާނެ ގާޒީން ކަނޑައަޅަނީ މީގެ ކުރިންވެސް އިސް ގާޒީ ކަމަށެވެ.
މި ދެ މަސައްކަތް ކުރިން ކުރަމުން އައީ ވަކި ތާވަލެއްގެ ދަށުން އެކި ގާޒީން ކަމަށް ވިޔަސް މިހާރު ހަމައެކަނި އެ މަސައްކަތްތައް ގާޒީ ބާރީ ކުރައްވަން ފެއްޓެވިތާ ހަފްތާއެއް ވެއްޖެ އެވެ.
ގާޒީ ބާރީއާ އެ ކޯޓު ހިންގުން ހަވާލުކުރީ ކުރިން އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު މިދިޔަ ފެބްރުއަރީ މަހު ފެމިލީ ކޯޓަށް ބަދަލު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ