ސަރުކާރުގެ އައިޓީ ދާއިރާގެ މުވައްޒަފުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަނަށް ބަދަލުކުރަން ނިންމައިފި

ސަރުކާރުގެ އިދާރާތަކުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ހާއްސަވެފައިވާ މުވައްޒަފުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިގޮތަށް ނިންމެވީ، ނައިބު ރައީސް ރިޔާސަތު ބެލެހެއްޓެވި އިއްޔެ ބޭއްވި ވަޒީރުންގެ މަޖީލީހުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ހުރިހާ އިދާރާއެއްގައި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދިމާވާ އާންމު މައްސަލަތައް ހައްލުކުރެވޭވަރުގެ މުވައްޒަފަކު، އެ އިދާރާގައި ބެހެއްޓެވުމަށް ފަހު، އައިސީޓީ ދާއިރާ އަށް ހާއްސަވެފައިވާ މުވައްޒަފުންނަކީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތް ކުރާ ބަޔަކު ކަމުގައި ހަމަޖެއްސުމަށް އިއްޔެގެ ޖަލްސާގައި ނިންމެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ