މިރޭ ރަހުމް ކުޑަގޮތަކަށް އަވަހާރަ ކޮއްލާފައި ވަނިކޮށް ފެނުނު ލޯޔަރ އަހްމަދު ނަޖީބު އަވަހާރަ ކޮއްލި ފަރާތާމެދު ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ގޮވާލައިފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ނަޖީބު އަވަހާރަ ކޮށްލި ފަރާތާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ދިވެހި ރާއްޖޭގެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމައްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ރާއްޖޭގެ ކޯޓު ތަކުގައި ދިގު މުއްދަތަކަށް ވަކާލާތު ކުރައްވާފައިވާ އަހުމަދު ނަޖީބުއަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮއްލާފައިވާތީ އެކަމާ ކަން ބޮޑުވުން ފާޅު ކުރައްވާފައެވެ.
އަދި ވަކީލުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކާ ގުޅިގެން އިންސާފު ގާއިމުކޮށް ވަކީލުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކާއި ގުޅިގެން އިންސާފު ގާއިމުކޮށް ވަކީލުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ޖުޑިޝަރީގެ ފަރާތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"މިފަދަ އަމަލުތަކަކީ އިންސާނީ ކަރާމާތަށް އެއްވެސް ހުރުމަތެއް ނެރި ކުރާ އިންސާނިޔަތު ކަމުން މުޅިން ބޭރު ވެގެން ވާ އަމަލުތަކެއް. މިފަދަ އަމަލުތަކުގެ ސަބަބުން މުޅި މުޖުތަމައު ހަމަނުޖެހުމާއި ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިގެން ދާނެ" މި ބަޔާނުގައި ވެއެވެ.
އަހްމަދު ނަޖީބު އަވަހާރަ ކޮށްލުމާ ގުޅިގެން އައި ޖީ އެމް އެޗުގައި އޭނާގެ ހަށިގަނޑު ބާއްވާފައިވަނިކޮށް އުއްތަމަ ފަޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.
ނަޖީބު އަވަހާރަކޮއްލި ފަރާތާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ