އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް ހުސައިން ޒިޔާދު (ފިއްޓޭ) ޓުވީޓް ކުރައްވައިފި އެވެ.
ރޭ އިރާކޮޅު އެބޭފުޅާ ކުރެއްވި ޓްވީޓް ގައި ވަނީ “މާތް ﷲ އާއި ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ބަދު ބަސް ބުނެ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ގޮތުން ހިންގާ ހުރިހާ ޢަމަލެއް ކުއްވެރިކުރަން. އެފަދަ ޢަމަލު ތަކަށް މި ފަސްގަނޑުން ފުރުޟަތު ދީގެން ނުވާނެ” މިހެންނެވެ.
ފިއްޓޭ މިހެން ޓުވީޓް ކުރައްވާފައި މިވަނީ ދާދި ފަހުން މޯލްޑިވުސް ޑިމޮކުރަޓިކް ނެޓްވާރކުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީއޭ ގެ ރިޕޯޓާއި ގުޅިގެން ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ރޭ ވަނީ ބައްދަލުކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރަކުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެކޭ އަދި ބުނެފައެއް ނުވެއެވެ. މި ރިޕޯޓް އެ ޖަމިއްޔާއިން ތައްޔާރު ކޮށްފައިވަނީ 2015 ވަނަ އަހަރުކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މެމްބަރު ފިއްޓޭ ޓުވީޓް ކުރައްވައިފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ