މަޖިލިސް ހުޅުވާ ޖަލްސާ މައުމޫން ފެކްޝަނުން ބޯއިކޮޓް ކުރަން ނިންމައިފި

27: 11 - މާދަމާ ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބޯއިކޮޓް ކުރަން ނިންމައިފި އެވެ.
ޑީއާރުޕީގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފު ނިއުސް ކޮންފަރެންސެއްގައި މިއަދު ވިދާޅުވީ މާދަމާގެ ޖަލްސާ އަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އޭނާ ތަފްސީލެއް ނުދެއްވަ އެވެ.
މައުމޫން ފެކްޝަނުން މި ގޮތަށް ނިންމި އިރު މާދަމާގެ ޖަލްސާ ބޯއިކޮޓް ކުރާނެ ކަމުގެ އިޝާރާތެއް ލީޑަރު ތަސްމީން އަލީގެ ފެކްޝަނުން ވެސް ވަނީ ދީފަ އެވެ.
އެ ގޮތުން ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ނިއުސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ އަޑު ނާއްސަވައި މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަން ޑީއާރުޕީން ފުރުސަތެއް ނުދޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ގޮތަށް އޮންނަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ