ރަމަޟާންމަހުގެ ރޭތަށް އިޙުޔާއުކުރުމުގެ ގޮތުން، ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން، ކޯޓްގެމުވައްޒަފުންނަށާއި އަދި ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށް ދީނީ ނަޞޭޙަތްދިނުމުގެ ޙަފްލާއެއް، ކްރިމިނަލް ކޯޓްގައި ބާއްވައިފިއެވެ.
ރޭ ބޭއްވި މިޖަލްސާ އަކީ ސިލްސިލާކޮށް ކޮށްމެއަހަރަކު ބާވަމުންދާ ޖަލްސާއެއް ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ. ކުރިމިނަލް ކޯޓުން ބުނީ ދީނީ ނަސޭހަތް ދިނުމުގެ ޖަލްސާ އަކީ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކޯޓުގެ ރެކްރިއޭޝަން ކުލަބުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ރަމަޟާންމަހުގެ ރޭތަށް އިޙުޔާއުކުރުމުގެ ގޮތުން ކްރިމިނަލް ކޯޓްގައި ބޭއްވި ޖަލްސާގައި “ރަމަޟާންމަހުގެ މަތްކަމާ ގުޅޭގޮތުން” ނަޞޭޙަތްދެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އެވެ.
ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެންބޭއްވި މިޙަފްލާ ނިއްމާލީ ފަލަސްތީނުގައި އަނީޔާލިބެމުންދާ މުސްލިމް އަޚުމްނާއި އުޚުތުންނަށް ނަސްރާ ކާމިޔާބު ދެއްވުންއެދި ދުޢާ ކުރުމަށް ފަހު ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ.
ރަމަޟާންމަހުގެ ރޭތަށް އިޙުޔާއުކުރުމަށް ކްރިމިނަލް ކޯޓުން ޖަލްސާއެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ