ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
Advertisement
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އިންތިހާބު ފަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފައިވާކަމަށެވެ. އެހެންކަމުން އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާކަމަށް އީސީގެ ޓްވީޓްގައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ އިންތިހާބު އޭޕްރިލް 18 ވަނަ ދުވަހު ބޭއްވުމަށެވެ. ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު އެވެ. އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިންތިހާބެއް ފަސްކުރުމަކީ ކޯޓަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަރުވާ ރައްޔިތުންގެ މަޖިލީހަށް ހޯދައިދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓަށް ލީ މައްސަލަ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ