އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާނީ މިމަހު 30 އާއި އަންނަ މަހުގެ ދޭއްގައި

އަންނަ ހަފުތާގައި ސަރުކާރު ބަންދުވި ނަމަވެސް، ރާއްޖޭގެ ބޭންކްތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މި މަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު ހުޅުވާނެ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެވަނަ ދުވަހު ބޭންކްތައް ހުޅުވިފައި ހުންނައިރު، އެމްއެމްއޭއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:30 އަށެވެ. އަދި އެމްއެމްއޭ އިން ވަކި ލާރި ބަލައި ގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:00 އަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ހުރިހާ އޮފީހެއް ކުރިއަށް އޮތް ހަފުތާގައި ވެސް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ކޮރޯނާ ވައިރަސްގެ ރޯގާ ރާއްޖެ އިން ޖެހިފައިވަނީ 13 މީހަކަށެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ