ބޯކިބާ ފިހުމަކީ ކުރީގައި ނަމަ ވަރަށް ޝަޢުޤުވެރި ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށެވެ. އެއީ ކަރަންޓު އަވަން ޢާންމު ނުވާއިރު، އަދި ތަތްނުލަވާ ތަވާވެސް ރާއްޖެއަށް ތަޢާރަފް ނުވާއިރުއެވެ. ނާށި އަންދައިގެން، އެ އަލިފާން ގަނޑަށް ގުދުއަޅައިގެން އޮވެ ހޮޅިބުރިއަކުން އަލިފާން ގަނޑަށް ފުމެ އަނގުރަށް ހަދައިގެން، ބޯކިބާ އަޅާ ތަށީގެ ނުވަތަ ތެލީގެ ދަށުންނާއި މަތިން ހޫނު ވާގޮތަށް އަލިފާން ލައިގެން ބޯކިބާ ފިހާއިރު އެމަންޒަރު ބަލަން ތިބުމަކީ އޭރުގެ ކުޑަކުދިން ވަރަށް ގަޔާވި ކަމެކެވެ.
ނަމަވެސް އެއީ މިއަދު މާޒީއެވެ. ގިނަ ގޭގޭގައި މިހާރު ކަރަންޓު އަވަން ހުރެއެވެ. ނުވަތަ ތަތްނުލަވާ ތަވާ ހުރެެއެވެ. ބޯކިބާ ފިހުމަކީ މިހާރު މާ އުނދަގޫ ކަމެއްނޫނެވެ. ދާދި އަވަހަށް އެކަން ކޮށްވެސް ނިމެއެވެ. މިހާރު ގިނަ ގޭގޭގައި އެކަން އެހެން ކުރާނެ ޖާގަވެސް ނޯންނަނީއެވެ. ޚާއްޞަކޮށް މާލޭގައެވެ. ތަރައްޤީ އައިސް މާލެއަށް ވެރިވި ވެރިވީނުން މިހާރު ގެއެއް މާލެއަކު ނުހުރެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. މުޅި މާލޭގައި ހުސް ފްލެޓެވެ.
ކަންމިހެން އޮތްނަމަވެސް އަދިވެސް ކިރިޔާވެސް ވާން އޮތްނަމަ، ޚާއްޞަކޮށް މިދުވަސްވަރު ޚަރަދު ކުޑަކުރަން ޖެހިފައިވާއިރު، އަލުން އިހުގެ ގޮތަށް ބޯކިބާ އެޅުން ކީއްވާނެހެއްޔެވެ. މިހާރު ދުންނާރާނެހެން ކޯލް ބޭނުންކޮށްގެން އަލިފާން ރޯކުރެވިދާނެއެވެ. ނުވަތަ ގޭގައި އެވަރަށް ޖާގަ އޮތްނަމަ ދަރު އަންދައިގެންވެސް އެކަން ކުރެވިދާނެއެވެ.
ޑަބިޔާ އަވަނެއްގައި ޕިއްޒާ ފިހަނީ | ފޮޓޯ: ފޭސްބުކް
ހުސް ޑަބިޔަލަކުން އަވަނެއް ހެދިދާނެއެވެ. ޑަބިޔަލެއް ކަފާލާފައި އެތެރެ ދެބަރިއަށް ވާގޮތަށްވެސް ހެދިދާނެއެވެ. ބޯކިބަލުގެ އިތުރުން ކޭކާއި ޕިއްޒާވެސް ފަސޭހަކަމާއެކު ފިހެލެވޭނެއެވެ.
ޑަބިޔާ އަވަނެއްގައި ކޭކު ފިހަނީ | ފޮޓޯ: ފޭސްބުކް
ކަރަންޓު ޚަރަދު ކުޑަކުރަން އެބަޖެހެއެވެ. ގޭގައި ތިބެން ޖެހިފައިވާތީ، ވަރަށްގިނަ ހުސް ވަގުތުވެސް އެބައޮތެވެ. އެހެންކަމުން މިއީ ކޮށްލެވިދާނެ ކަމެކެވެ. މިހާރު މިކަމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ. ފަހުން ދަތުރުގޮސް އުޅޭއިރުވެސް މިކަން ކޮށްލެވިދާނެއެވެ. ގޭގައި ތިބޭ ދުވަސްވަރު މިކަން ވެތޯ ބަލާލަމާހެއްޔެވެ.
ކަރަންޓު ޚަރަދު ކުޑަކޮށް ކޭކާއި ޕިއްޒާ ފިހެލަން މޮޅު ގޮތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ