ކައުންސިލް މެމްްބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެމެމްބަރެއްގެ ގޮނޑ ގެއްލޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ މާއްދާ ބާތިލު ކަމަށް ސުޕްރިމް ކޯޓުން މީގެ އިރުކޮޅެއް ކުރިން ނިންމައިފި އެވެ.
ސުޕްރިމް ކޯޓުން މިގޮތަށް ނިންމާފައިވާއިރު މީގެކުރިން ޕާޓީއިން ވަކިކުރުމުން ބައެއް ކައުންސިލަރުންގެ ގޮނޑި ގެއްލުމުން އެގޮނޑިތަކަށް އަލުން މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމު ރިޒާއާއި އަލީ އަބުދުﷲ އާއި ޝަހީމު އަހުމަދު ހުށަހަޅުއްވާފައިވާ ދައުވާއާއި ގުޅިގެން ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހއާއި 26 ވަނަ މާއްދާގެ ނ އާއި ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ބ) ބާތިލްކުރާ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ހުކުމް ކޮށްފަ އެވެ.
"ގާނޫނު ނަންބަރު 2011/2 އިން ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރެވުނު (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައި އިންތިޚާބުވި އިރު ޕާޓީން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާކަމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުން އިއްތިފާގު ވެވުނު ހިނދު ގާނޫނު ނަންބަރު 2011/2 އިން ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރެވުނު އެމާއްދާގެ (ބ) ބާތިލް ކަމަށް ކަނޑައަޅައިފީމެވެ،" ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
އިދާރީ ދާއިރާތައް ލާމަރުޒަކީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ބ) ގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން ކައުންސިލް މެމްބަރުކަމަށް އިންތިހާބުވާ ފަރާތްތައް އިންތިހާބުވިއިރު ނިސްބަތްވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ.....
ކައުންސިލް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ނުގެއްލޭނެ - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ