ހެނބަދޫއިން ކަރަންޓު ކެނޑޭ މައްސަލައަށް ވަނީ ވަގުތީ ހައްލެއް ހޯދައިދީފައި: ކައުންސިލް

ނ. ހެނބަދޫގައި ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވިދާޅުވީ އެރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބޭތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އިރުއިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އަގުބޮޑެތި މުދަލާއި، ވިޔާފާރިވެރިންގެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން މުޒާހަރާ ކުރުމުން މިހާރު 100 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭ ނަމަ މުޒާހަރާ ކުުރަން އިންޖީނުގޭގެ ކުރިމައްޗަށް އެއްވާނެ ކަމަށް އެރަށުގެ ބައެއް ޒުވާނުން ބުނަމުންދާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދީފައިވާއިރު ގާތްގަނޑަކަށް ފަނަރަވަރަކަށް ދުވަސްފަހުން ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކައިން އަންގާފައިވާ ކަމަށެވެ.
"ރަސްމީ ލިއުމަކުން އައު ޖަނަރޭޓަރެއް ގެންނާނެ ކަމަށް ނޫނީ ފޮނުވާނެ ކަމަށް ފެނައިން ނުބުނޭ. އެކަމަކު ގާތްގަނޑަކަށް ފަނަރަވަރަކަށް ދުވަސްފަހުން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބުނެފަ އޮތީ. މައުލޫމަތު ލިބޭ ގޮތުގައި އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރެއް ހުރީ ހަލާކުވެފަ."ސަމީރު ވިދާޅުވިއެވެ.
ހެނބަދޫއަކީ ގާތްގަނޑަކަށް 700 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ