ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބުކުރައްވާފައިވާތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ވާދަވެރި ރިޔާސީ ޕްރައިމަރީއެއްގައި ޔާމީން ކާމިޔާބު ހޯއްދެވި ކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އާއި ޕްރައިމަރީގެ ހިނގައިދިޔަ ވާދަވެރި ކެމްޕޭނަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަން ދައްކައިދިން މަސައްކަތެއް ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އަބްދުﷲ ޔާމިންއަށް 13،096 ވޯޓް ލިބިވަޑައިގެންފައިވާއިރު، އުމަރު ނަސީރަށް ލިބިވަޑައިގެންނެވީ 7،450 ވޯޓެވެ.
ޔާމީން އިންތިހާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމްޑީޕީންނާއި، ޔާމީނާއި ވާދަކުރެއްވި އުމަރު ނަސީރު ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.
ޕީޕީއެމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެޕާޓީގެ ޕްރައިމަރީގައި ޖުމްލަ 20،795 މީހުން ވޯޓްލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕީޕީއެމްގެ ދަފްތަރުގައި ތިބި މެންބަރުންގެ ޖުމްލަ އަދަދަކީ 22،383 މެންބަރުންނެވެ. ޕީޕީއެމްއިން މީގެކުރިން ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލުމުގެ ޝަރުތު ފުރިހަމަވާ 31،198 މެންބަރުން ހިމެނޭ ކަމަށެވެ.
ޕްރައިމަރީ ޔާމީން ކާމިޔާބުކުރެއްވުމާއި ގުޅިގެން ގާސިމް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ