ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކާމިޔާބު ކުރެވިއްޖެނަމަ ކޮންމެ އަހަރަކުވެސް ދިވެހި މަސްވެރިންނަށް ސަތޭކަ މަސްދޯނި އަދި މިހާރު ކަނޑުތަކުގައި އަޅާފައިހުރި ކޮންމެ ކަނދުފައްޗަކަށް ތިން ކަނދުފަތި އަޅައިދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހާގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ ގިނަ ކެޔޮޅުންތަކެއް ތިބީ އެކަށީގެންވާ ދޯންޏެއް ނެތިފައި ކަމަށެވެ. އެގޮތުން ބޮޑެތި ދޯނިފަހަރުގައި، ބޮޑެތި އިންޖީނު އަޅައިގެން މަސްވެރިކަން ކުރުމުން މިހާރު އެއްވެސް ފައިދާއެއް ނުވާ ކަމަށާއި އެކަން ބަދަލު ކުރަން ޖެހިފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެގެ.
ގާސިމް ވިދާޅުވީ 110 ފޫޓު 120 ފޫޓުގެ ދޯނި ފަހަރުގައި 800 ހޯސްޕަވަރުގެ އިންޖީނު އަޅައިގެން މަސްވެރިކަމަށް ނިކުންނައިރު އަންދަންޖެހޭ ތެލާ ބޭނޭ މަހާއި އަޅާ ބަލާއިރު، އެކަމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އެގޮތުން ރާއްޖެއަށް މިހާރު ބޭނުންވަނީ 75 ފޫޓާއި 85 ފޫޓުގެ، 300 ހޯސްޕަވަރުގެ އިންޖީނާއި އެކު ހުންނަ ދޯނިފަހަރު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިވަރުގެ ދޯންޏެއް ބަންނަން މީހަކު ކޮންމެ އެއްޗެއް ބުންޏަސް އަޅުގަނޑު ދަންނަވައިފާނަން ވަރަށް ރަނގަޅަށް ދެލައްކަ ފަންސާސް ހާސް ޑޮލަރު ދާނީ، ހަމަ ޔަގީން ތިން ލައްކަ ޑޮލަރު ހަމައެއް ނުވާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގަ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ސަތޭކަ ދޯނި ދިވެހި ރާއްޖޭގެ މަސްވެރިންނަން ހަދައިދޭނަން،" ގާސިމް ވިދާލުވިއެވެ.
ގާސިމް ވިދާޅުވީ މަސްވެރިކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސްވެރިންނަށް އެކަށީގެންވާ ދޯނިތައް ދޭނީ ދިހަ އަހަރުން ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ކަމަށެވެ. އަދި މީގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މިހާރުވެސް އަޅާފައިވާ ކަނދުފަތި ތަކަކީ ވަރަށް ރަނގަޅަށް ކުރެއްވި މަސައްކަތެއް ކަމަށާއި ނަަވެސް ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓިފައި އޮތުމުން ވަރަށް ކަންބޮޑުވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ކަނދުފަހިތައް ތިންގުނަ އިތުރު ކޮށްދޭނީ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ފުރަތަމަ އަހަރުގެ ތެރޭގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޮންމެ ދޯންޏަކުން، މަހައްދާ ކޮންމެ ދުވަހަކަށް އެއްޓަނު މަސް ބޭނުން ކަމުގައި ވީނަމަވެސް ރާއްޖެއަށް މަހަކައް އެތައް ލައްކަ ޑޮލަރެއް ވަންނާނެ ކަމަށެވެ. އަދި ރާއްޖޭން މަސް ބޭރުކުރުން މިހާރަށްވުރެއް އިތުރުކޮށް، މަސްވެރިންނަށް ރަނަގަޅު ނަފާއެއް ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށްވެސް ގަސިމް ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ސަތޭކަ ދޯނި، ކޮންމެ ކަނދުފައްޗަކަށް ތިން ކަދުފަތި އަޅައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ