ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ފަސް މައްސަލަ ވެސް ހުޅުމާލޭ ކޯޓުން ބޭރުކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ރައީސް މުހައްމަދު ނަޝީދައި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމު މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކޮށްފައިވާ ފަސް ދައުވާ ބޭރުކޮސްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަތައް ބެލުމުގެ އިހްތިސާސް ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އެކޯޓަށް އަދި ލިބިގެން ނުވާ ކަމަށެވެ.
ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަނާއި، ޖުޑިޝަލް ކައުންސިލްގެ ލަފާގެ މަތިން އެމައްސަލަ ބެލުމަށް އުއްތަމަ ފަނޑިޔާރު އަމުރު ކުރައްވައިފި ނަމަ އެމައްސަލައެއް ބައްލަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީއާއި ގުޅިގެން މީގެ ކުރިން އެކޯޓަށް ހުށަހެޅުނު މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށާއި އެމައްސަލަ ތަފާތު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމައްސަލަ ކުރިއަށް ގެންދަނީ އުއްތަމަ ފަނދިޔާރު އަންގަވާފައިވާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އިހްތިސާސް ލިބިގެން ނުވާ ކަމަށް ބުނެ ހުޅުމާލޭ ކޯޓުން ހުރިހާ މައްސަލައެއް ވެސް ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ