ރޯދަމަހު އެމްޑީޕީން މަގުމައްޗަށް ނުކުމެ ހިންގަމުންދާ ހަރަކާތްތަކަކީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީ އަށް ކުރިމަތިކުރުވާ ގޮންޖެހުންތަކެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ އާ ހަތަރު ގޮފި އުފެއްދުމަށް ޕާޓީއާ ފޯމްތައް ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރޯދަ މަހުގެ ހުރުމަތް ކަނޑައި އެންމެންގެ މެދުގައި ފަސާދައާ ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށާއި އެފަދަ ކަންތަށް ތަކަކީ މުޖުތަމައު ބަލައިގެންނާނެ ކަންތައްތައް ނޫން ކަމަށެވެ.
"ބަޔަކު މީހުން ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ހަޑިހުތުރު އެއްޗެހި ކިޔައި މިނިސްޓަރުންގެ ކާރު ކޮޅު ހުއްޓުވައި އެބޭފުޅުންގެ ހަށިކޮޅަށް އަތްލައްވަން މަސައްކަތް ކުރުމާއި މިކަހަލަ ހަޑިހުތުރު އަމަލުތައް ހިނގަމުން އެބަދޭ. ރޯދަ މަހެއްގެ ކަރާމާތައި ހުރުމަތަށް އެއްވެސް ބެލުމެއްނެތި ނުކިޔަމަންތެރި ހުރިހާ ކަމައް އެބަ ހިންގާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީއަކީ އެފަދަ އެއްވެސް ހަޑިމުޑުދާރު އަމަލުތައް ހިންގާނެ ޕާޓީއެއް ނޫން ކަމަށާއި ޖުމުހޫރީ ޕާޓީގެ ލީޑާޝިޕުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތަށާއި ހަމަޖެހުމަށް ކަމަށެވެ.
"ގައުމަށް ދިމާވެފައިވާ ނުރަނގަޅު ކަންތައްތަކުން މި ގައުމު ސަލާމަތް ކޮށްދިނުން އަޅުގަނޑުމެންގެ އުއްމީދަކީ އެކަމުގެ މައްޗަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ގާސިމް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ ގޮތްޕާއި މައްޗަން ގޮޅި އުތުރު ދާއިރާގެ ގޮތްޕާއި މާފަންނު އުތުރު ދާއިރާގެ ގޮފީގެ އިތުރުން ކ. ގުރައިދޫ ގޮތްޕެއް ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމްތައް ވެސް ވަނީ ޕާޓީއާ ހަވާލުކޮށްފަ އެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތަކީ ޑިމޮކްރަސީއަށް ކުރިމަތިކުރުވާ ގޮންޖެހުމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ