ދަމާސްގެ އަހަރީ ދުވަސް ފާހަގަކުރަން ލޭ ހަދިޔާކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ ވިޔަފާރިކުރާ ދަމާސް ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ލޭ ހަދިޔާކުރުމެ ކޭމްޕެއް އެ ކުންފުނިން އަނެއްކާވެސް ބާއްވައިފި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 36 މީހަކު ލޭ ހަދިޔާ ކުރިއެވެ. ދަމާސްގެ މުވައްޒަފުންނާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދަމާސްގެ ވަރަށް ގިނަ މުވައްޒަފުން ލޭ ހަދިޔާކުރި ކަމަށް ދަމާސް އިން ބުންޏެވެ.
ދަމާސް އިން އިއްޔެ ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގައި ބަޔަކު ލޭ ދެނީ-- ފޮޓޯ: ދަމާސް
މި ކޭމްޕުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއީއޯ) މުހައްމަދު ޝިހާބު ވިދާޅުވީ ލޭ ބޭނުންވާ ކުދިން ގިނަ ކަމަށާއި، އެ ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާކުރާތީ އުފާކުރައްވާ ކަމަށެވެ.
މިއީ ދަމާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ލޭ ހަދިޔާކުރުމުގެ ކޭމްޕް އެ ކުންފުނިން ބޭއްވި ހަ ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ