ނަމާދުގެ ރަކުއަތްތައް މަދު ކުރުމަށް ގޮވާލާ ޓުވީޓެއް ނުކުރަން: ރައީސް ނަޝީދު

ނަމާދުގެ ރަކުއަތުގެ މަދުކުރުމާ ގުޅޭ ވާހަކަތަކެއް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފަ އެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނު ކުރެއްވި ޓުވީޓެއް ނޫން ކަމަށާއި، އެކަން ބެލުމަށް ކަމާއި ބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ. މަޖިލީހުގެ ރައީސް އިއްޔެ ކުރެއްވި ޓުވީޓެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަންނަނީ ސްކްރީންޝޮޓެއް ދައުރުވަމުންނެވެ.އެމަނިކުފާނު ކުރެއްވި ޓުވީޓެއް ކަމަށް ބުނެ ދައުރުކުރަމުން އަންނަ ސްކްރީންޝޮޓްގައި ބުނެފައި ވަނީ "ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" ކަމަށެވެ.އަދި "އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން ކުރުން މިވަގުތު މުހިންމު،" ކަމަށެވެ.ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމ،ް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހުގީގްކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ މީގެކުރިން ފުލުހަށް ހުށަހަޅުއްވައިފައެވެ.ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެ މައްސަލަ ނުބެލުމަށް އެދިވަޑައިގެންފައެވެ.ދީނަށް ފުރައްސާރަ ކުރުމާއި ރައީސް ނަޝީދާ ގުޅުވައި މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެ ތުހުމަތުތައް ރައީސް ނަޝީދު އަބަދުވެސް ދޮގު ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ