އާސެނަލްގެ ކެޕްޓަން އޮބަމަޔަންގް ކޮންޓްރެކްޓް އާ ކޮށްފި

އާސެނަލްގެ ކެޕްޓަން ޕިޔާ އެމްރިކް އޮބަމަޔަންގް އާސެނަލް އާ އެކު ތިން އަހަރުގެ ކޮންޓްރެކްޓް އެއްގައި ސޮއި ކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ފޯވާޑު އާސެނަލް އާ ގުޅުނީ 2018 ގައެވެ. އަދި ޖެހިގެން އައި ސީޒަނުގައި އޮބަމަޔަންގް ވަނީ ޕްރެމިޔާ ލީގުގެ ރަން ބޫޓު ވެސް ހާސިލް ކޮށްފައެވެ.
އޮބަމަޔަންގެ ގެ ކޮންޓްރެކްޓް ހަމަވަން ކުރިން ހަމަ ޖެހިފައި އޮތީ 2020/21 ގެ ސީޒަން ނިމުމުންނެވެ. އޭރުން އޮބަމަޔަންގް ބޭނުން ނަމަ އަންނަ އޯގަސްޓްގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ދެވޭނެއެވެ.
ކެޕްޓަން އޮބަމަޔަންގް ވަނީ ސީޒަންގެ ފުރަތަމަ މެޗުގައި ފެލާމް އާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައިފައެވެ. އަދި މީގެ އިތުރުން އެފް އޭ ކަޕް ފައިނަލުގައި ޗެލްސީ ކޮޅަށް ވެސް ވަނީ ދެ ގޯލު ޖަހައިފައެވެ.
އާސެނަލް ގެ ކޯޗް އާޓެޓާ ވެސް ވަނީ ޓީމަށް އޮބަމަޔަންގް ގެ މުހިންމު ކަން ހާމަ ކޮށްފައެވެ.
Articl Inline Image
އޮބަމަޔަންގް ވަނީ އާސެނަލް އަށް 111 މެޗު ކުޅެދީ 72 ގޯލު ޖަހައިފައެވެ. އަދި ޕްރެމިއާ ލީގުގައި 86 މެޗު ކުޅެ 55 ގޯލު ޖަހައި 12 އެސިސްޓް ހަދައިފައެވެ.
އޮބަމަޔަންގް އަށް އާސެނަލްގެ ކެޕްޓަން ކަން ދީފައިވަނީ ނޮވެމްބަރު މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ