މެމްބަރު ޝަރީފް އެކްސިޑެންޓުވެއްޖެ

މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ދުއްވަމުން ދިޔަ ސައިކަލު އެކްސިޑެންޓުވެއްޖެއެވެ. ޝަރީފްގެ ދަރިކަނބަލުން ވިދާޅުވީ މެމްބަރު އެކްސިޑެންޓުވީ، މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކްސިޑެންޓުވީ ޝަރީފް ދުއްވި ސައިކަލުގައި ޓެކްސީއަކުން ޖެހިގެން ކަމަށެވެ. "ބައްޕަ ދުއްވާފައި ދަނިކޮށް، ފަރުވާކުޑަކޮށް ދުއްވި ޓެކްސީއަކުން ބައްޕަގެ ސައިކަލުގެ ފަހަތުގައި ޖެހުނީ،" އޭނާ ވިދާޅުވިއެވެ. https://twitter.com/Mizners/status/1313816835691704321 ނަމަވެސް އެކްސިޑެންޓު ހިނގުމާއެކު، މަގުމަތީގައި އެވަގުތު ތިބި މީހުންގެ އެހީތެރިކަން ވަރަށް އަވަހަށް ލިބުނު ކަމަށެވެ. އެކްސިޑެންޓުގައި ޝަރީފަށް ކޮންމެސް ވަރެއްގެ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށާއި ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ގެއަށް ވަޑައިގެންފައިވާކަމަށް ވެސް ޝަރީފްގެ ދަރިކަނބަލުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ